ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރުގެ އާއިލާ މިދިޔަ މަހު ވަނީ ދިގު ޗުއްޓީއެއް ހޭދަކޮށްފަ އެވެ.
ފިރިމީހާ ސައިފް އަލީ ހާންގެ އުފަން ދުވަސް ފާހަގަ ކުރަންށާއި އެކު ކުރި އެ ދަތުރުގައި ދެމަފިރިންނާއި އެެކު ދެ ދަރިން ކަމަށްވާ ތައިމޫރު އަދި ޖެހަންގިރް އަލީ ހާން ބައިވެރިވި އެވެ. މިފަހަރު ޗުއްޓީ ހޭދަ ކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯތުގައި އެވެ.
ޗުއްޓީ ހޭދަ ކުރަމުންދިޔަ އިރު ކަރީނާ މާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާއެއް ނުކުރެ އެވެ. އޭރު ހިއްސާކުރި މަދު ފޮޓޯތަކުގެ ތެރޭގައި ސައިފްގެ އުފަންދުގެ ތަހުނިޔާ ކިޔައި ކޮށްފައިވާ ޕޯސްޓުގެ އިތުރުން ހަގު ދަރިފުޅު ޖެހަންގިރާއި އެކު ނަގާފައިވާ ޮ
ޗުއްޓީ ނިންމާފައި ދިޔަތާ މިހާރު އެތައް ދުވަހެއް ވެފައިވަނިކޮށް ކަރީނާ އިއްޔެއިންސުރެ ދަނީ ރާއްޖޭގެ ޗުއްޓީ ހަނދާން އާ ކުރަމުންނެވެ. އެގޮތުން މިދިޔަ 24 ގަޑިއިރެއްހާއިރު ތެރޭގައި ރާއްޖޭގެ ޗުއްޓީގެ ހަތަރު ވަރަކަށް ފޮޓޯ އޭނާގެ އިންސްޓަގްރާމް ސްޓޯރީގަގައި ހިއްސާކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ހެނދުނު ސައި ބޯން އިން ފޮޓޯ އަކާއި، މޫނު ނިވަވާގޮތަށް ތޮތްޕެއް އަޅައިގެން ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އެއީ ކާކުކަން އެނގޭތޯ ސުވާލުކޮަށްފައިވެ އެވެ.
އޭގެ ފަހުން ވަރަށް ދުރުން ބަޔަކު މޫދުގައި ތިބިތައް ފޮޓޯއެއް ލާފައި ބުނެފަ ވަނީ ކައިރިކޮށްގެން ނުވަތަ ޒޫމް އިން ކޮށްގެން އެ ފޮޓޯ ބެލުމަށް އެދޭ ކަމަށެވެ. ބެލެވޭ ގޮތުގައި މޫދަށް އެރެން ތިބީ ސައިފް އާއި ތައިމޫރެވެ.
ކަރީނާ އެންމެ ފަހުން ފެނިގެން ދިޔައީ 2020 ވަނަ އަހަރު ރިލިޒް ކުރި ފިލްމު "އަންގްރޭޒީ މީޑިއަމް" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް