ލޯކަލް ކައުންސިލްތަކަށް ކޯޓްތަކުގައި ދައުލަތް ތަމްސީލުނުކުރެވޭނެ ކަަމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި މިމަހުގެ 8 ވަނަ ދުވަހު ހައިކޯޓުން ނިންމީ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި ދައުލަތް ތަމްސީލު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ. އެހެންކަމުން ރަށެއްގެ ބިމުގެ މައްސަލަތަކުގައި ވެސް ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށް އެ ހުކުމުގައިވެއެވެ.
ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެކެވެ.
މިކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓްގައި އިސްތިއުނާފުކޮށް ހައިކޯޓުން އެގޮތަށް ކަނޑައެޅި ބައި ތަންފީޒުކުރުން ފަސްްކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. އެ ހުކުމް އިސްތިއުނާފުކުރި ސަބަބަކީ ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަޚުސެއް ކަމަށް ވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް