އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުގެ މަގާމަށް ލިޒް ޓްރަސް އައްޔަން ކޮށްފި

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުގެ މަގާމަށް ލިޒް ޓްރަސް އައްޔަން ކޮށްފި އެވެ. ކުރީގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް ވަނީ ބޮޑު ވަޒީރުގެ ނާއިބް ކަމުގައި ހަމަޖައްސާފަ އެވެ. އަދި އޭނާއާ ޙަވާލު ކުރެވިފައިވަނީ ...

17 Sep 2021 | 05:14

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުގެ މަގާމަށް ލިޒް ޓްރަސް އައްޔަން ކޮށްފި އެވެ.

ކުރީގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް ވަނީ ބޮޑު ވަޒީރުގެ ނާއިބް ކަމުގައި ހަމަޖައްސާފަ އެވެ. އަދި އޭނާއާ ޙަވާލު ކުރެވިފައިވަނީ ޖަސްޓިސް މިނިސްޓަރު ކަމެވެ.

ވިލާތު އިއްތިހާދުން އިނގިރޭސިން ބޭރުވުމަށްފަހު އައު ވިޔަފާރި ފުރުސަތުތައް ހޯދުމަށް އިނގިރޭސިން ކުރި މަސައްކަތުގައި ޖަޕާނާއި އޮސްޓްރޭލިއާއާއެކު ހެދިގެން ދިޔަ ވިޔަފާރި އެއްބަސްވުންތަކުގައި ލިޒް ޓްރެސްގެ ޙިއްސާ ވަރަށް ބޮޑެވެ. އަދި މިކަމަށް އޭނާއަށް ތަޢުރީފް ކޮށްފައި ވެއެވެ.

މި މަގާމުގެ އިތުރުން ކުރިން އޭނާ ފުރުއްވަމުން ގެންދެވި އަންހެނުންނާ ބެހޭ ވަޒީރުގެ ގޮތިގައިވެސް އޭނާ ހުންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް