ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު 390،000ށް އަރައިފި

ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޢަދަދު 390،000 އަށްވުރެ މައްޗަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށްގެންދ...

17 Sep 2021 | 04:48

ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޢަދަދު 390،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން މިމަހުގެ 15 ވީ ބުދަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 390،285 އަރާފަ އެވެ.

ބުދަ ދުވަހު 464 މީހުންވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި 74 މީހުންނެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 2،212 މީހުން ނެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ވެކްސިންގެ ދެވަނަ ޑޯޒު ބުދަ ދުވަހު 1،091 މީހަކަށް ޖަހައިދީފަ ވެ އެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިން ފުރިހަމަ ކުރީ 1،385 މީހުންނެވެ.

މިއާއެކު ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 328،630 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމަށް ބޭނުން ކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް