އެމްއެމްޕީއާރްސީއަށް 160 މިލިއަން ރުފިޔާ ދޭން އެސްއޯއެފްގެ މައްޗަށް ހުކުމްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގަ އެ ކުންފުންޏަށް 160 މިލިއަން ރުފިޔާ ދޭން އެސްއޯއެފް ކުންފުނީގެ މައްޗަށް ހުކުމް ކޮށްފި އެވެ. ...

17 Sep 2017 | 08:40

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގަ އެ ކުންފުންޏަށް 160 މިލިއަން ރުފިޔާ ދޭން އެސްއޯއެފް ކުންފުނީގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް ބަލާއިރު އެސްއޯފަށް އެމްއެމްޕީއާރުސީން ދޫކުރި ފައިސާގެ ތެރެއިން 10.7 މިލިއަން ޑޮލަރު އަނބުރާ ދެއްކިކަން އެ ކުންފުންޏަށް ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ.

މި ހުކުމް ކޮށްފައިވަނީ އެސްއޯއެފްގެ ޣައިރު ހާޒިރުގައި އެވެ. މި މައްސަލައިގެ ޝަރީއަތަކަށް އެ ކުންފުނިން ހާޒިރެއް ނުވެ އެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެ ކަމަށެވެ.

މި މައްސަލައިގަ އެސްއޯއެފްއާއި ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާ ކުރީ ދެ ފަރާތުގެ ދެމެދުގައި ހެދިފާ އެއްބަސްވުމުގައި ވާގޮތުން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ތެރެއިން އެ ކުންފުންޏަށް 160 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެ އެވެ.

މި މައްސަލައިގަ ހުކުމް ކޮށްފައި މިވަނީ ޕީޖީ އޮފީހުގެ ވަކީލުން ހާޒިރު ނުވެގެން މައްސަލަ ބޭރުކޮށްލުމުން އަލުއް މައްސަލަ ވައްދައިގެންނެވެ.

އެސްއޯއެފް އަކީ ކުރީގެ ނައީބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފު (މޮހޯ)ގެ ކުންފުންޏެކެވެ. އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތް ތެރިވިއިރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް