މ. މަޑުއްވަރީގައި މޫދަށް ދިޔަ އުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ހޯދަމުން ދަނީ މ. މަޑުއްވަރީ އާބާދީ ގުލްޝަންގޭ 60 އަހަރުގެ އިބްރާހިމް ކިޔާ މީހެކެވެ. އެމީހާ އެންމެ ފަހުން ފެނިފައިވަނީ އެރަށު ފުއްޓަރު ފަރާތުގައި ހެނދުނު 07:30 ހާއިރު ފައިގައި ވެލިމޮޑެން އިންދައެވެ.
އެމީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ 9:30 ހާއިރު އެވެ. އެމީހާ އެންމެ ފަހުން ލައިގެން ހުރި މުންޑު ވަނީ އާއިލާ މީހަކަށް އެ ރަށު ހުޅަނގު ފަރާތު މޫދުން ފެނިފަ އެވެ.
އެމްއެންޑީއެފުން ބުނީ ސެންޓްރަލް އޭރިއާ މ.މުލީ ޕޯސްޓްގެ ސިފައިން މަޑުއްވަރީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ދޮށިމޭނާ" އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް