މައްކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ހައްޖުވެރިއަކަށް އަނިޔާވެއްޖެ

މައްކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ހައްޖުވެރިއަކަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިއްޖެ އެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ތ. އޮމަދޫ ދޫރެސް، އަބްދުﷲ އަންވަރު 66، އަށެވެ. މި އެކްސިޑެން...

17 Sep 2017 | 03:28

މައްކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ހައްޖުވެރިއަކަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިއްޖެ އެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ތ. އޮމަދޫ ދޫރެސް، އަބްދުﷲ އަންވަރު 66، އަށެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހައްޖުވެރިން ތިބޭ ހޮޓާ ކައިރީ އޮންނަ ބޮޑު މަގެއް ހުރަސް ކުރަނިކޮށް އޭނާ ކާރެއްގައި ޖެހިގެންނެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ކާރުގައި ޖެހި އަންވަރު ވިއްސައިގެން ދިޔަކަމަށެވެ. ޑޮކްޓަރުންނާއި ހަވާލާދީ  ހައްޖު ކޯޕަރޭޝަނުން ބުނީ އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ. އެކަމަކު ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެ އެވެ.

ތަނެއް ބިނދި ނުވަތަ ވިއްސައިގެން ގޮސް ޖެހުމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅުން ފަދަ ކަމެއް ވެފަ ނެތް ކަމަށް ބުނެ އެވެ. އަންވަރު އަދި އޮތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިއެވެ.

އެ އެކްސިޑެންޓު ހިނގި އިރު އަންވަރާއި އެކު އިތުރު ދެ އަންހެނުން ތިއްބެވެ. އެކަމަކު އެމީހުންނަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ މަގު ހުރަސްކުރި ވަގުތު ކާރެއް އަންނާތީ އަންވަރު މަޑުކޮށްލުމުންނެވެ.

އަންވަރަކީ ފަހުން ލިބުނު ކޯޓާއި ހައްޖަށް ދިޔަ މީހެކެވެ. މިހާރު މައްކާގައި ތިބީ ފަހު ކޯޓާގައި ހައްޖަށް ދިޔަ 300 މީހުން އެކަންޏެވެ. އެމީހުން ރާއްޖެ އަންނާނީ މިމަހު ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް