އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ އަންނަ މަހު އެކެއްގައި

މުއާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގަ...

17 Sep 2017 | 03:15

މުއާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މި އަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން އަދި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި އައްޔަންކުރުން ހިމެނެ އެވެ. އަދި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން ހިމެނެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ 90.5 ޕަސެންޓް ހިއްސާގެ ވެރިފަރާތް ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލްއިށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރަން ނިންމާފައިވާ ޑިރެކްޓަރުގެ ނަން ފާސްކުރުން ހިމެނެ އެވެ. އުރީދޫއިން ބުނީ ވަތަނިއްޔާ އިންޓަނޭޝަނަލްއިން ޑިރެކްޓަރުންގެ ބޯޑަށް އައްްޔަންކުރަން ނިންމާފައި ވަނީ ޑރ. ޝައިހާ އަލް ޖާބިރު ކަމަށެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރަކުވެސް ހޮވާނެ އެވެ. އެގޮތުން އުރީދޫގެ ޑޮރެކްޓަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ ތިން ބޭފޫޅެކެވެ.

އެއީ އެމްޑީޓީޑީސީގެ ކުރީގެ ބޯޑު މެމްބަރު އިބްރާހިމް ފިރުޝާން އާއި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރެވެ. އުރީދޫގައި އާންމު ހިއްސާދާރުން ތަމްސީލް ކުރަނީ 9.5 ޕަސެންޓު ހިއްސާ އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް