އާންމުކޮށް ފަލަވެގެން ހިކެން ބޭނުންވާ މީހުން ވަރަށް ހަރަދު ބޮޑު ދިރިއުޅުމެއް އުޅެން ޖެހެ އެވެ.
އެއްބަޔަކު ކަސްރަތުކުރުމަށް ކްލާސްތަކަށް ދާން ބޮޑު ފީއެއް ދައްކަ އެވެ. އަނެއް ބަޔަކު ޑައިޓު ޖައްސަން ކާންޖެހޭ އެއްޗެހި ގަތުމަށް ބޮޑު ހަރަދެއް ކުރެ އެވެ. އެހެންވެ ޖަޕާނުގެ ޑޮކްޓަރަކު ވަނީ ބަރުދަން ލުއި ކުރަން ހަރަދުތަކެއް ނުކޮށް ވާނެ ގޮތެއް ފެނޯތޯ ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބު ހޯދާފަ އެވެ.
ޑރ ފުކުސުޒީގެ މި އީޖާދުން ލިބިދާނެ ގެއްލުމުގެ ވާހަކައެއް އޭނާ ނުދައްކައެވެ. ބުނަނީ އެ ކަސްރަތުތައް ކޮށްގެން ޔަގީނުންވެސް ބަރުދަން ލުއިވާނެ ކަމަށެވެ. މި ކަސްރަތު ގޭގައި ކޮށްލުމަށް ކޮންމެ ދުވަހަކު ފަސް މިނިޓު ހޭދަކުރުމަށް ޑޮކްޓަރު ލަފާދެ އެވެ.
މި ކަސްރަތު ކުރުމަށް ހަދަންވީ ގޮތް:
ތުވާއްޗެއް ހޯދުމަށް ފަހު އޮޅާލާ
ބިންމަތީގައި އިށީނދެ، ކުރިމައްޗަށް ދެފައި ދަމާލާށެވެ. އަދި ދެފައިގެ ދެމެދުގައި 8-10 އިންޗީގެ ދުރުމިން ބައިންދާށެވެ. އަދި ތުވާލި ފަހަތުން އުނަގަނޑުގައި ޖެހޭ ހިސާބުގައި ބާއްވާލާ
ގައިގެ ދަށުގައި ތުވާލި އޮންނާނެހެން ހަށިގަނޑު ދަމާލުމަށް ފަހު އޮށޯވެލާ
ދެން ދެފައި މަޑުމަޑުން ކައިރިކޮށްލާށެވެ. އެގޮތަށް އޮށޯވެ އޮންނަ އިރު ފައި ބޭންދިފައި އިންނަންވާނީ ތިނެސްކަނެއް ހެނެނެވެ. ފައިގެ އިތުރުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުގުޑުވާ
ދެ އަތް ބޮލުގެ މައްޗަށް ނެގުމަށް ފަހު ބިންމަތީގައި ޖައްސާށެވެ. އަދި ދެއަތުގެ އިނގިލިތައް ގުޅާލާށެވެ. އޭރުން ހަށިގަނޑަށް ލުއިކަން އިހުސާސްވާނެ ކަމަށް ޑޮކްޓަރު ބުނޭ
އެގޮތަށް ފަސް މިނިޓު އޮންނާށެވެ. އެވަގުތުގައި ހަށިގަނޑަށް ލައިގެން އޮންނަ ބާރުގެ ސަބަބުން މަސްތައް ވިރި ގައިގަ ރިއްސާ ކަހަލަ އިހުސާސް ކުރެވެންވާނެ އެވެ.
ޑރ ފުކުސުޒީ ވިދާޅުވާގޮތުގައި މި ކަސްރަތަކީ ހަމައެކަނި އާންމުކޮށް ކުރާނަމަ ބަރުދަން އެކަނި ލުއިވާނެ ކަސްރަތެއް ނޫނެވެ. މި ކަސްރަތު ކުރުމުން ބުރަކަށްޓާއި އުނަގަނޑުގެ ރިހުންތައްވެސް ފިލާނެ އެވެ.
https://www.youtube.com/watch?v=KsJa9u_b3cg
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް