ކޮކާ ކޯލާގެ އުފެއްދުންތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ އެޕެއް ނެރެފި

ކޮކާ ކޯލާގެ އުފެއްދުންތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕްލިކޭޝަން ނެރެފި އެވެ. ކޮކާކޯލާ ކުންފުނިން ބުނީ އެޕް މެދުވެރިކޮށް އެ ކުންފުނީގެ އުފެއްދުންތަކަށް އޯޑާރު ދޭތާ 24 ގަޑިއިރު ތެރޭގ...

17 Sep 2017 | 02:35

ކޮކާ ކޯލާގެ އުފެއްދުންތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕްލިކޭޝަން ނެރެފި އެވެ.

ކޮކާކޯލާ ކުންފުނިން ބުނީ އެޕް މެދުވެރިކޮށް އެ ކުންފުނީގެ އުފެއްދުންތަކަށް އޯޑާރު ދޭތާ 24 ގަޑިއިރު ތެރޭގައި ގެއަށް ގެންގޮސްދޭނެ ކަމަށެވެ. އަދި މި ހިދުމަތް ދެނީ މާލޭގައި އެކަންޏެވެ. އެކަމަކު ވަރަށް އަވަހަށް މުޅި ރާއްޖެއަށް ފުޅާ ކުރާނެ ކަމަށް ބުނެ އެވެ.

ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ ވިދާޅުވީ، ޕްރޮޑަކްޓްތަކަށް އޯޑަރު ދިނުމަށް އެ ކުންފުންޏަށް ކޮންމެ ދުވަހަކު 1،000 ވުރެ ގިނަ ފޯން ކޯލް އަންނަ ކަމަށެވެ. އަދި މީގެ ފަހުން އޯޑަރުދޭން ގުޅާ މީހުން ކިޔުގައި ތިބެން ނުޖެހި، އެޕުން ބޭނުންވާ ޕްރޮޑަކްޓަކަށް އޯޑަރު ކޮށްލެވޭނެ ކަމަށެވެ.

މި އެޕް ބޭނުންކުރުމަށް، އިންސްޓޯލް ކުރުމަށް ފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން އުފެއްދުންތަކަށް އޯޑަރު ދެވޭނެ އެވެ. އެ ކުންފުނިން ބުނީ އެޕް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމުގެ އިތުރުން ޑެލިވަރީ ކުރާގަޑީގައި ކޭޝް ކާޑު އަދި ޑެލިވަރީ ކުރާ މީހާ އަތަށްވެސް ފައިސާ ދެވޭނެ ކަމަށެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ބީއެމްއެލްއާ އެކު ކޮކާ ކޯލާއިން ވަނީ ސޮއި ކޮށްފަ އެވެ.

"ކޯކް 2 ހޯމް" އެޕަލް އެޕް ސްޓޯގެ އިތުރުން އެންޑްރޮއިޑް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް