ރައީސްގެ ދެ ކަނބަލުން މާދަމާ ހައްޖަށް ވަޑައިގަންނަވަނީ

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބުރާހިމް މާދަމާ ސައުދީއަށް ފުރާ ވަޑައިގަތުމަށް...

17 Sep 2015 | 16:25

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބުރާހިމް މާދަމާ ސައުދީއަށް ފުރާ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ދުވަހަށް ކަށަވަރުވެފައި ވާގޮތުގައި މި ދަތުރުފުޅުގައި ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މާދަމާ ސައުދީއަށް ވަޑައިގަންނަވާއިރު މި ދަތުރުފުޅުގައި ރައީސް ޔާމީން އާއެކު އިތުރު ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮން ކޮން ބޭފުޅުންނެއްކަން އަދި ސާފުވާގޮތެއް ނުވެ އެވެ.

ދީނީ ކަންކަމަށް ރައީސްގެ ދެ ކަނބަލުން ހާއްސަ ސަމާލުކަމެއް ދެއްވާކަން މިކަމުން ހާމަވާއިރު މިދިޔަ އަހަރުވެސް ރައީސްގެ ދެ ކަނބަލުން ވަނީ ހައްޖުގެ އަޅުކަން އަދާކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް