ދިރާގާއި ގުޅިގެން ފައިސަލް ފައުންޑޭޝަނުން ކާށިދޫ-ގާފަރު ފެރީ ވައިފައި ކޮށްފި

ދިރާގާއި ގުޅިގެން ފައިސަލް ފައުންޑޭޝަނުން މާލެއިން ކ.ކާށިދޫ އަދި ކ.ގާފަރަށް ދަތުރުކުރާ ފެރީ ވައިފައިކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެމުން ފައިސަލް ފައުޑޭޝަންގެ ފަރާތުން ސާއިމް މޫސާ ވިދާޅުވީ މި ހިދުމ...

17 Sep 2015 | 09:01

ދިރާގާއި ގުޅިގެން ފައިސަލް ފައުންޑޭޝަނުން މާލެއިން ކ.ކާށިދޫ އަދި ކ.ގާފަރަށް ދަތުރުކުރާ ފެރީ ވައިފައިކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން ފައިސަލް ފައުޑޭޝަންގެ ފަރާތުން ސާއިމް މޫސާ ވިދާޅުވީ މި ހިދުމަތަކީ މާލެއާއި ކާށިދޫ އަދި ގާފަރާ ދެމެދު ކުރަމުން އަންނަ ދަތުރަކީ ދިގު ދަތުރަކަށް ވާތީ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ ގޮތުން ފައިސަލް ފައުންޑޭޝަނުން އިސްނެގި އިސްނެގުމެއް ކަމަށެވެ.

"މެމްބަރު ފައިސަލް ނަސީމްގެ އިނީޝިއޭޓިވް އެއް މީ،މިކަން ކުރިއަށް މި ގެންދަނީ ދިރާގާއި ގުޅިގެން، މިއީ ފެރީން ދަތުރުކުރާ ދަތުރުގެ ބައިވެރިންނަށް ދެވޭ ހިލޭ ހިދުމަތެއް" ސާއިމް ވިދާޅުވި އެވެ.

މި ހިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާއިރު ދިރާގުން ބުނީ މިއީ ރާއްޖޭގެ ފެރީއެއްގައި މިގޮތަށް ދެވޭ ފުރަތަމަ ހިދުމަތަށް ވާއިރު މިކަމަށް ދިރާގު ހިޔާރުކުރީތީ އެމްޕީ ފައިސަލް އަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި މި ހިދުމަތަށް ފައިސަލް ދިރާގު ހިޔާރުކުރެއްވީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި 3ޖީ އަދި 4ޖީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކީ ދިރާގު ކަމުގައި ވާތީ ކަމަށެވެ.

ކާށިދޫ-ގާފަރު ފެރީގައި ފަސްގަޑިއިރުގެ ދިގު ދަތުރެއް ކުރަންޖެހޭއިރު މި ހިދުމަތުގެ ސަބަބުން އެ ފެރީގައި ދަތުރުކުރާ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ފައިސަލް ފައުންޑޭޝަނުން އުންމީދު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް