ޢީދު ބަންދުގައި ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ބީއެމްއެލް އިން ތައްޔާރުވެއްޖެ

ކުރިއަށް މިއޮތް ޢީދު ބަންދުގައި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރުވެއްޖެ އެވެ. ބީއެމްއެންއިން ބުނީ އެ ބޭންކުން މާލޭގައި ބަހައްޓާފައިވާ ސެލްފ...

17 Sep 2015 | 07:27

ކުރިއަށް މިއޮތް ޢީދު ބަންދުގައި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރުވެއްޖެ އެވެ.

ބީއެމްއެންއިން ބުނީ އެ ބޭންކުން މާލޭގައި ބަހައްޓާފައިވާ ސެލްފް ސަރވިސް ބޭންކިންގ ޔުނިޓްތަކުންނާއި އަތޮޅުތެރޭގައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އަޟްހާ ޢީދު ބަންދުގެ ތެރޭގައި ކުރިއަށްވުރެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެގޮތުން 22 ސެޕްޓެމްބަރ 2015 ވާ އަންގާރަ ދުވަހު ބޭންކުގެ މެއިން ބްރާންޗުން ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށާއި ބަންދު ދުވަސްތަކުގައި ބޭންކުގެ ސެލްފް ސަރވިސް ބޭންކިންގ އަށް ޔުނިޓް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނަގާ އަދި ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ހާމަކުރެ އެވެ.

"ދިވެހިރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގައި ގާއިމުކޮށްފައިވާ ބޭންކުގެ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2000ރ ނެގޭނެ، ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ހޮޓްލައިން 3330200، އަދި އިންޓަރނެޓް ބޭންކިންގެ ޚިދުމަތް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ" ބޭންކުން ހާމަކުރެ އެވެ.

ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމަރ ސަރވިސް މޫސާ ނިމާލް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ މި ބަންދު ތެރޭގައި 24 ގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށާއި ސެލްފް ސަރވިސް ބޭންކިންގ އަށް ކުރެވުނު އިންވެސްޓްމަންޓްތަކާ އެކު ކަސްޓަމަރުން ބޭނުންވާ ކޮންމެ ވަގުތަކު ފައިސާ ނަގާ، ޖަމާކޮށް، ޓްރާންސްފަރ ކުރުމުގެ އިތުރުން ޕޭމަންޓްވެސް ހެދޭނެ ކަމަށެވެ.

----

ބީއެމްއެލް ކޭޝް އޭޖެންޓުންގެ ލިސްޓް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް