ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

ޏ.ފުވައްމުލަކުގެ ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީއެއްގައި ފަސް މީހަކު ޒަހަމްކޮށްލާފައިވާއިރު އެ މައްސަލައާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ރެއިން ފެށިގެން އެ މައްސ...

17 Sep 2015 | 05:43

ޏ.ފުވައްމުލަކުގެ ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީއެއްގައި ފަސް މީހަކު ޒަހަމްކޮށްލާފައިވާއިރު އެ މައްސަލައާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރެއިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް އެ މައްސަލައިގެ ތަހުގީގަށް ފަސް މީޙަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

ރޭގެ މާރާމާރީގައި ފަސް މީހަކު ޒަހަމްވެފައިވާއިރު ދެމީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ ދެމީހުންނަށް އިތުރު ފަރުވާ ދިނުމަށް މިއަދު އެ ދެމީހުން އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް