އަޟްހާ ޢީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ހާމަކޮށްފި އެވެ.
އެ ޑިޕާޓްމެންޓުން ބުނީ މި ދުވަސްވަރަކީ ހއ އުތީމަށް ގިނަ ފަރާތްތަކެއް ޒިޔާރަތްކުރާ ދުވަސްވަރަކަށް ވުމާއި ގުޅިގެން ހާއްސަ ދުވަސްތަކެއްގައި އުތީމުގަނޑުވަރު އާންމުންނަށް ވަދެވޭގޮތަށް ހުޅުވިފައި ހުންނާނެ އިންތިޒާމް ހަމަޖައްސާފައި ވާކަމަށެވެ.
މިގޮތުން ހާއްސަ އިންތިޒާމެއްގެ ދަށުން ހުޅުވިފައި ހުންނާނެ ދުވަސްތަކަކީ 20، 21، 22، 26 އަދި 27 ކަމަށް ހެރިޓޭޖުން ބުނެ އެވެ. އަދި މި ދުވަސްތަކުގައި ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 13:00 އިން 15:00 އަށް ކަމަށްވެސް ހެރިޓޭޖުން ބުނެ އެވެ.
އެ ޑިޕާޓްމެންޓުން އިތުރަށް ބުނެފައިވަނީ ގަނޑުވަރު ދެއްކުމަށް ހަމަޖެހިފައިވާ އެންމެ ފަހު ވަގުތަކީ 15:00 ކަމުގައި ވީނަމަވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އެންމެ ފަހުވަގުތަކީ މެންދުރުފަހު 14:30 ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް