ވޭތުވެ ދިޔަ 45 އަހަރުތެރޭގައި ކަނޑުގެ ދިރުމުގެ ދެބައިކުޅަ އެއްބައި ވަނީ މަރުވެފައި

1970 އިން ފެށިގެން މިހާތަނަށް ކަނޑުގައިވާ މަސްމާހާއި އެހެނިހެން ޖަނަވާރުތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް ވެއްޓިފައިވާކަމަށް ދުނިޔޭގައި ވާ ދިރުން ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެ...

17 Sep 2015 | 02:54

1970 އިން ފެށިގެން މިހާތަނަށް ކަނޑުގައިވާ މަސްމާހާއި އެހެނިހެން ޖަނަވާރުތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް ވެއްޓިފައިވާކަމަށް ދުނިޔޭގައި ވާ ދިރުން ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއްކަމުގައިވާ ވޯރލްޑް ވައިލްޑްލައިފް ފަންޑްއިން ހެދި ދިރާސާ އަކުން ދައްކައިފިއެވެ.

ވޯރލްޑް ވައިލްޑްލައިފް ފަންޑްއިން ހެދި ދިރާސާއިން ދައްކާފައިވަނީ ހަމައެކަނި މަސްތަކުގެ އަދަދު ދައްވެފައިވާ ނޫންކަމަށާއި ސީލްއާއި، ކޯމަހާއި، މިޔަރުގެ އިތުރުން ވެލާ ކަހަނބުވެސް ހިމެނޭ ގޮތަށް 1234 ވައްތަރެއްގެ ކަނޑުގެ ދިރުމުގެ އަދަދު ވޭތުވެ ދިޔަ 45 އަހަރުތެރޭގައި ދެބައިކުޅަ އެއްބަޔައް ވެއްޓިފައިވާ ކަމަށް އެދިރާސާއިން ވަނީ ދައްކާފައެވެ. މިއީ ވަރަށް ބޮޑު ވެއްޓުމެއް ކަމަށާއި މިއީ ނުރައްކާތެރި ފައްތަރެއްކަމަށް  ވޯރލްޑް ވައިލްޑްލައިފް ފަންޑްގެ ޖެނެރަލް ޑިރެކްޓަރ މިކަމާ ބެހޭ ގޮތުން ވާހަކަދައްކަމުން ވަނީ ބުނެފައެވެ.

ދިރުން މިހާބޮޑަށް ގެއްލިފައިމިވަނީ މުޅިންވެސް އިންސާނުންގެ ފުށުންދިމާވެފައިވާ ކަންކަމުގެ ސަބަބުންކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ. މިގޮތުން މަހުގެ ދިރުން ވެއްޓިފައިމިވަނީ މާ ގިނައިން މަސްބޭނުންކަމަށާއި ، ފަރުތައް ހަލާކުވުއި ، ގައުމުތަކުގެ އައްސޭރިފަށް ތަރައްގީކުރުމާއި، ތަގައްޔަރުވުމުގެ އިތުރުން މޫސުން ބަދަލުވުން ވެސް ކަނޑުގެ ދިރުން މިހާ ބޮޑަށް ވެއްޓެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވޯރލްޑް ވައިލްޑްލައިފް ފަންޑްއިން ހެދި ދިރާސާއިން ދައްކައެވެ.

https://instagram.com/p/7a0ixJxKBP/

ޔޫއެން އިން ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ލަނޑުދަނޑި ހާސިލްވެއްޖެނަމަ ކަނޑުގެ ދިރުމަށް ދިމާވެފައިވާ ނުރައްކަލަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަމަށްބެލެވެއެވެ. މި ލަނޑުދަނޑީގައި ހިމެނެނީ 2020 ގެ ކުރިން މާ ގިނައިން މަސް ބޭނުވުން ހުއްޓުވައި ކަނޑުގެ ދިރުމަށް ގެއްލުން ލިބޭގޮތަށް ކުރަމުން އަންނަ މަސްވެރިކަން ހުއްޓުވައި އަދި މަހުގެ ދިރުން ވީ އެންމެ އަވަހަކަށް ކަނޑުގައި އާލާ ކުރުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް