އަމިއްލައަށް ގަޑިއެއް ހަދައިގެން އެ ގަޑި ދައްކާލުމަށް ސްކޫލަށް ގެންދިޔުމުން އެއީ ބޮމެއް ކަމަށްބުނެ ހައްޔަރުކުރި އެމެރިކާގެ ޓެކްސަސްގެ މުސްލިމް ކުއްޖެއް ކަމަށްވާ އުމުރުން 14 އަހަރުގެ އަހުމަދު މުހައްމަދު އަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަދި ފޭސްބުކްގެ ބާނީ މާކް ޒުކަބާގް ހާއްސަ ދައުވަތެއް ދީފި އެވެ.
އަހުމަދު ހައްޔަރުކުރުމާއެކު ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް ކެމްޕޭންތައް ފަށައި ދުނިޔޭގެ ސަމާލުކަމަށް މިކަންވަނީ ގެނެސްފަ އެވެ. އެ ހާދިސާ ހިނގިތާ މާ ގިނަ އިރެއް ނުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަހުމަދު ތައްޔާރުކުރި ގަޑިއަކީ "ކޫލް" ގަޑިއެއް ކަމަށާއި އެ ގަޑި ހިފައިގެން ވައިޓްހައުސްއަށް ޒިރާރަތް ކުރުމަށް އަހުމަދަށް ދައުވަތު އަރުވާ ކަމަށެވެ.
https://twitter.com/POTUS/status/644193755814342656?ref_src=twsrc%5Etfw
ގަޑިއެއް ހަދައިގެން ސްކޫލަށް ދިއުމުން، އެއީ ބޮމެއް ކަމާށް ހީކޮށް އަހުމަދު ކިޔަވަމުން ދިޔަ ސްކޫލުން ވަނީ އޭނާ ތިން ދުވަސް ވަންދެން ސަސްޕެންޑް ކޮށްފައެވއިންޖިނިއަރިން ދާއިރާއިން ކިޔަވަމުން އަންނަ 14 އަހަރުގެ އަހްމަދު، އޭނާ އުފެއްދި ގަޑި ސްކޫލަށް ގެންދިޔައީ އޭނާގެ އިންޖިނިއަރިން ޓީޗަރަށް އެ ގަޑި ދެއްކުމަށެވެ.
ދެއްކުމުން އަހްމަދުގެ ޓީޗަރު ކުރި ކޮމެންޓަކީ "ތި ހީވަނީ ބޮމެއްހެން" ކަމަށެވެ. ފަހުން އަހުމަދު ހައްޔަރުކުރީ ގަޑި ދަބަހުގައި އޮއްވާ އެލާމްވާން ފެށުމުން އެކަން ޕްރިންސިޕަލަށް ހުށަހެޅުމުން ސްކޫލަށް ފުލުހުން ގޮހެވެ.
ވައިޓްހައުސް އަށް ޒިޔާރަތް ކުރުމަށް އަހުމަދަށް އޮބާމާ ދައުވަތު ދެއްވާފައިވާއިރު ފޭސްބުކްގެ ބާނީ މާކް ޒުކަބާގްވެސް ވަނީ އަހުމަދު ފޭސްބުކަށް ޒިޔާރަތް ކުރުމަށް ދައުވައުދު ދީފަ އެވެ.
ޒުކަބާގް ބުނެފައިވަނީ ޒުކަބާގް އާންމުކުރި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެއްޗެއް އުފެއްދުމުގެ ޤާބިލުކަމާއި ފަންނާއި ހުނަރު ލިބިފައި ހުރުވަމީ ތަރުހީބު ލިބެންޖެހޭ ކަމެއް ކަމަށާއި، އޭގެ ބަދަލުގައި އެއީ ހައްޔަރުކުރެވެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
https://www.facebook.com/zuck/posts/10102373304096361
މިކަމުގައި އަހުމަދު ކިޔަވަމުންދިޔަ ސްކޫލާއި ފުލުހުން އަމަލުކުރި ގޮތާއިމެދު ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ގިނަ ބަޔަކު ބުނަމުންދަނީ އަހުމަދާމެދު އެގޮތަށް އަމަލުކުރީ އޭނާއަކީ މުސްލިމް ކުއްޖަކަށް ވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް