އައިޖީއެމްއެޗްގެ އިސް ނަރުހަކު ޑިއުޓީ ގަޑީގައި މަސްތުވާތަކެތި ގެންގުޅު މައްސަލައެއް ފުލުހުން ބަލަނީ

އައިޖީއެމް ހޮސްޕިޓަލުގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެ...

17 Aug 2024 | 06:46

އައިޖީއެމް ހޮސްޕިޓަލުގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެއް އެ ހޮސްޕިޓަލުގެ ފަރާތުން ހުށަހަޅާފައިވާކަމަށެވެ.

އިތުރު ތަފްސީލެއް ނެތްކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި އެ މައްސަލައަކީ އައިޖީއެމްއެޗްގެ ފަރާތުން މީގެ ދެ ހަފްތާ ކުރިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް