ދުވަހުގެ މޫސުން: މެޓުން ބުނަނީ މިއަދުވެސް ވިއްސާރަވެފައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮ...

17 Aug 2024 | 05:04

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވަނީ މިއަދުވެސް ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.  އަދި ރާއްޖޭގެ ކަނޑުތައް މިއަދު ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން މިއަދު ހުންނާނީ ހަ ފޫޓާއި ނުވަ ފޫޓާއި ދެމެދުގައި ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް