މި އަންނަ ހަފްތާ އިން ފެށިގެން ކާޑު މެޝިނާއި ކާޑު މެޝިންގެ ރޯލު ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ބިޒްނަސް ސެންޓަރުން ކަމަށް ބޭންކް އޮފް މޯލްޑިވެސް ( ބީއެމްއެލް ) އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތަށް ބަދަލެއް ގެނައީ ވިޔަފާރިތަކަށް ދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ހޯދައިދިނުމަށް ކަމެވެ.
މީގެ އިތުރަށް، މިބަދަލާއެކު އޯކިޑްމާގެ މެދުވެރިކޮށް މި ހިދުމަތްތައް ދިނުން ހުއްޓާލެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މާލޭ ބިޒްނަސް ސެންޓަރުގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް މެދުވެރިކޮށްވެސް ޕީއޯއެސް މެޝިންގެ ރޯލު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް