ޕީއެންސީ/ސަލަފްގެ ކެނޑިޑޭޓޭ ބުނާތީ އަލީ ރަމީޒް ރަތަށް އަރާވަޑައިގެންފި: މާރިޔާ
މިއަހަރުގެ ރިޔާސީ އިންތިހާބުގައު ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ 'ޕީއެންސީ/ސަލަފް' ގެ ކެނޑިޑޭޓޭ ބުނާތީ އަލީ ރަމީޒް ރަތަށް އަރާވަޑައިގެންފި ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މުއިއްޒުއަށް ނިސްބަތްކޮށް 'ޕީއެންސީ/ސަލަފް' ގެ ކެނޑިޑޭޓްކަމަށް މާރިޔާ ވިދާޅުވާތީ، އެކަމާ ގުޅިގެން 'ދުވަސް'އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި ސަލަފް ބޭނުންވަނީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ.
" ހެޑްލައިނެއް އަޅުގަނޑަށް ފެނުނު، އަޅުގަނޑު އެހެން ބުނި ކަމަށްޓަކާ އަލީ ރަމީޒް ރަތަށް އަރާވަޑައިގެންފިއޭ. އަންހެނެއް ވީމަ ކަންނޭނގެ، އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނެ، އަޅުގަނޑު ވަކި އެއްޗެއް ދަންނަވަނީކީ ނޫން އެއްވެސް ބޭފުޅަކަށް، އެހާ މީހަކު ރުޅިގަދަވެގެން އުޅެންވީ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، އެކަން އެގޮތަށް ވީ އަންހެނަކަށްވެ ހުރެ އެ ވާހަކަ ދެއްކުމުން ކަމަށެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވެއްޖެ ނަމަ ސަލަފް ޖަމިއްޔާގެ މެމްބަރުން ކޯފާވާ ކަމަށެވެ.
ގޭގެއަށް ވަޑައިގެން އާއްމުންނާ ބައްދަލު ކުރައްވާއިރުވެސް،މުއިއްޒުއަކީ ޔާމީނު ނޫން ކަމަށާއި، އެއީ ޕީޕީއެމް ކެނޑިޑޭޓް ނޫން ކަމަށް އާއްމުން ބުނާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުއިއްޒުއަކީ ޕީއެންސީ/ސަލަފްގެ ކެނޑިޑޭޓޭ ބުނަނީވެސް ރައްޔިތުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
ނަމަވެސް ރަސްމީ ސިފައެއްގައި ޕީއެންސީއާ ސަލަފް ކޯލިޝަން ހެދިކަމަށް އިއުލާނު ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް