އެފްވައިއެފްސީ 2022 - ކަންމަތި އެފްސީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ލެކްރޯސް އެސްސީން ހޯދައިފި

ފޮނަދޫގައި މިހާރު ފެށިގެން ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ފައިނަލުގެ ފަހު ޖާގަ ލެކްރޯސް އެސްސީން ކަށަވަރުކޮށްފިއެވެ. ލެކްރޯސް އެސްސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ ސެމީގެ ދެވަނަ ...

17 Aug 2022 | 18:12

ފޮނަދޫގައި މިހާރު ފެށިގެން ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ފައިނަލުގެ ފަހު ޖާގަ ލެކްރޯސް އެސްސީން ކަށަވަރުކޮށްފިއެވެ.

ލެކްރޯސް އެސްސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ ސެމީގެ ދެވަނަ މެޗުގައި މިރޭ ކަންމަތި އެފްސީއާއި ވާދަކުރި މެޗު 1-6 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލެކްރޯސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. ލެކްރޯސް އަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކުރީ ހުސެއިން ޝަރީފް (އޮންލީ) އެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ލެކްރޯސް އަށް ލީޑު ފުޅާކޮށްދިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަޙުމަދު ހަލީމް (އަންމަޑޭ) އެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ލެކްރޯސްއިން ނިންމާލިއިރު، ފަހު ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ކަންމަތި އެފްސީން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން މި ލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު އިސާމްއެވެ. ކަންމަތި އެފްސީގެ މި ލަނޑަށް ފަހު ގިނަ އިރުތަކެއް ނުވެ ލެކްރޯސް އަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. އަދި އޭގެ ފަހުން މިނެޓެއް ވެސް ނުވަނީސް ލެކްރޯސްގެ ހަތަރުވަނަ ލަނޑު އެޓީމުން ކާމިޔާބު ކުރިއެވެ. މި ލަނޑު ލެކްރޯސްއަށް ކާމިޔާބު ކޮށްދިނީ އަޔާޒު އަހުމަދެވެ. ލެކްރޯސްގެ ފަސްވަނަ ލަނޑު ފަހު ހާފުގެ ނުވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަބުދުﷲ ޖުނައިދުއެވެ. އަދި އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަޔާޒު އަހުމަދުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުސެއިން ޝަރީފް (އޮންލީ) އެވެ.

ލެކްރޯސް އެސްސީން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރިއިރު، އެޓީމު ފައިނަލުގައި ނުކުންނާނީ ކަންމަތި އެސްސީއާއި ދެކޮޅަށެވެ.

ކަންމަތި އެސްސީ އަދި ލެކްރޯސް އެސްސީ ބައްދަލުކުރާ ފައިނަލު މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް