އެފްވައިއެފްސީ 2022 - ވަރުގަދަ ސިކްސް ސެންސް ލާމު ކަޓުވާލާ ކަންމަތި އެސްސީ ފައިނަލަށް

ފޮނަދޫގައި މިހާރު ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ފައިނަލަށް ކަންމަތި އެސްސީން ދަތުރުކޮށްފިއެވެ. ކަންމަތި އެސްސީން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސިކްސް ސެންސް ލާމާއި ދެކޮޅަށް މިރޭ ކު...

17 Aug 2022 | 17:05

ފޮނަދޫގައި މިހާރު ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ފައިނަލަށް ކަންމަތި އެސްސީން ދަތުރުކޮށްފިއެވެ.

ކަންމަތި އެސްސީން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސިކްސް ސެންސް ލާމާއި ދެކޮޅަށް މިރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗު 3-5 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.

މި ދެޓީމުވެސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ ކަންމަތި އެސްސީންނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. ކަންމަތި އެސްސީއަށް މި މެޗުގެ ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. ކަންމަތިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ ނުވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކަންމަތި އެސްސީއަށް ކާމިޔާބު ކޮށްދިނީ އަލީ ހާފިޒެވެ. ކަންމަތި އެސްސީން އެޓީމުގެ ދެވަ ލަނޑު ޖެހިތާ މިނެޓެއް ވެސް ނުވަނީސް ސިކްސް ސެންސް ލާމުން ވަނީ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ސިކްސް ސެންސް ލާމަށް ކާމިޔާބު ކޮށްދިނީ ހުސެއިން ސަމާހުއެވެ.

ކަންމަތި އެސްސީން އެޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު ކަންމަތި އެސްސީއަށް ކާމިޔާބު ކޮށްދިނީ އަލީ ޝާމިޒް (ތޮއްޕެ) އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިކްސް ސެންސް ލާމުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ސޮބާހުއެވެ.

ކަންމަތި އެސްސީސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ކަންމަތި އެސްސީން އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފަހު ހާފުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒައިދާން އަބުދުﷲއެވެ.

ކަންމަތި އެސްސީގެ ފަސްވަނަ ލަނޑު ހުސެއިން މައިޝަން ކާމިޔާބު ކޮށްދިން އިރު ސިކްސް ސެންސް އިން އެޓީމުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު ސޮބާހުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލީ ޝާމިޒް (ތޮއްޕެ) އެވެ.

ކަންމަތި އެސްސީން ފައިނަލުގައި ބައްދަލުކުރާ ޓީމެއް އެނގޭނީ މިރޭ ލެކްރޯސް އެސްސީއާއި ކަންމަތި އެފްސީ ބައްދަލުކުރާ މެޗަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް