އަޑު މަޑު، މޯޓަރުގައި ޖޯރު ހުންނަ މިކްސަރެއް ހޯދަންޏާ ހޯދަންވީ ފިލިޕްސް ސުޕަރ ސައިލެންޓް

ހައްވަ ހަވާދު ހަދަންޏާ ހަސަން އޮންނަން ޖެހޭނީ ހޭލައެވެ. ނިދި ނާންނާތީކީ ނޫނެވެ. ހަ ރާތާ މުގުރަކުން ބޮލުގައި ތަޅާހާ، އާއްމު މިސްކްސަރުތަކުގައި އަޑު ހަމަ ބާރީއެވެ. ދައްކާން މި އުޅެނީ ފިލިޕްސް ބްރޭންޑްގެ...

17 Aug 2022 | 15:05

ހައްވަ ހަވާދު ހަދަންޏާ ހަސަން އޮންނަން ޖެހޭނީ ހޭލައެވެ. ނިދި ނާންނާތީކީ ނޫނެވެ. ހަ ރާތާ މުގުރަކުން ބޮލުގައި ތަޅާހާ، އާއްމު މިސްކްސަރުތަކުގައި އަޑު ހަމަ ބާރީއެވެ.

ދައްކާން މި އުޅެނީ ފިލިޕްސް ބްރޭންޑްގެ ޒަމާންވީ އެއް މޮޑެލް ކަމުގައިވާ ފިލިޕްސް HL1643/04 މިކްސަރ ގްރައިންޑާގެ ވާހަކައެވެ.

ފިލިޕްސްގެ އެވާންސް ކަލެކްޝަނަށް ނިސްބަތްވާ މި މިކްސަރު ދިވެހިން ދަންނަނީ ސުޕަރ ސައިލެންޓް މިކްސަރުގެ ގޮތުގައެވެ. އެއީ އާއްމުކޮށް ބާޒާރުން ލިބެން ހުންނަ މިކްސަރަށްވުރެ މި މިކްސަރުގެ އަޑު މާ ބޮޑަށްވެސް މަޑު ވީމައެވެ.

600 ވޮޓްގެ މި މިކްސަރަކީ ފަނި ގިރާލާށާއި ހަވާދު ފުނޑާލުންފަދަ ކަންކަމަށް ހަމަ ދެވަނައެއް ނުވާ އެއްވަނައެވެ.

ބައްލަވައިގަންނައިރުވެސް ތިން ތައްޓާއެކު ލިބޭ މި އިސްތިރި ވިއްކަމުން އަންނަ އެއްބަޔަކީ ޒިބާ މޯލްޑިވްސް އެވެ. ޒިބާ މޯލްޑިވްސް އިން މައުލޫމާތުދޭގޮތުގައި ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް މިކްސަރު މޮޑެލަމީ މި މޮޑެލެވެ.

ޒިބާ މޯލްޑިވްސް އިން މި މިކްސަރު ވިއްކަނީ ހަމަ އެންމެ 1300 ރުފިޔާއަށެވެ. މާލެ، ހުޅުމާލެއަށް ހިލޭ ޑެލިވަރ ކޮށްދެއެވެ. ވިލިމާލެ ފެރީއަށާއި ރަށްރަށުގެ ބޯޓުތަކާއި ހަމައަށްވެސް ހިލޭ ޑެލިވަރ ކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް