މަޖިލިސް ރިޔާސަތުގައި އިނދެގެން ނަޝީދު ހަދަމުންދަނީ މުޅިންވެސް ދޮގު: ސައުދު

މަޖިލިސް ރިޔާސަތުގައި އިނދެގެން ނަޝީދު ހަދަމުންދަނީ މުޅިންވެސް ދޮގުކަމަށް  ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ކުރީގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ. އޭނާ ކުރައް...

17 Aug 2022 | 14:59

މަޖިލިސް ރިޔާސަތުގައި އިނދެގެން ނަޝީދު ހަދަމުންދަނީ މުޅިންވެސް ދޮގުކަމަށް  ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ކުރީގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވި ރަނގަޅު ވަޒީރުން ވެސް ފްރޭމްކޮށް އެއްލާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ވަޒީރުންނަށް ކުރި ތުހުމަތުތައް ވެސް ސައިބޯނި ބޮތްކަކަށްވެ، ރައީސް ސާލިހު ބަލިކަށިކުރަން ކުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވެ، މިހާރު ނަޝީދު ކުރަން ފަށާފައިވަނީ 2004 ގައި ކުރި ޒާތުގެ ކެމްޕޭނެއްކަމަށްވެސް ސައުދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

"އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެގެން އުޅެނީ ނަފްސާނީ މައްސަލައެއް. ނިޒާމީ މައްސަލައެއް ނޫން." ސައުދު ވިދާޅުވެފައިވެއެވެ.

ސައުދު ވިދާޅުވީ އޭރު ނަޝީދު ކުރެއްވި މަސައްކަތަކީ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަ ދައްކައިގެން މަޝްހޫރުކަން ހޯދުން ކަމަށެވެ.

ސައުދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ނަޝީދު ވިއްކަން އުޅޭ އެއްޗެއް މިހާރު މި ގައުމުގައި ނުވިއްކޭނެ ކަމަށާއި ނަޝީދުގެ ވާހަކަތައް ގަބޫލުކުރާނެ ރައްޔިތަކުވެސް ރާއްޖޭގައި ނެތްކަމުގައެވެ. އަދި ޓެސްޓް ކުރެވި، ފެއިލްވެފައި އޮތް ނިޒާމެއް ރާއްޖެއަށް ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމުގައެވެ.

ބަރުލަމާނީ ނިޒާމު ރައްޔިތުން ބަލައި ނުގަންނާނޭކަމަށް ސައުދު ވިދާޅުވެފައިވާއިރު، ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކާއި، ރައީސް ސާލިހުގެ ކެބިނެޓްގެ ވަޒީރުންގެ އިތުރުން ސިޔާސީ ޕާޓީތަކުންވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްގެ ތާއީދު ހޯއްދުވުމަށް ނަޝީދުވަނީ ކުރިޔަށް އޮތް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް