ހުޅުމާލޭގައި މޫދަށް އެރޭ ފަރާތްތަކުން ފިރުއައުނުމުދާ ފެންނާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ މޫދާއި ގޮނޑުދޮށުން މިދުވަސްވަރު ފެންނަމުން ދަނީ ޖެލީފިޝްގެ ނުރައްކާތެރި ވައްތަރެއް ކަމަށެވެ. އެ ޖެލީފިޝް ޖައިގަ ޖެހުމުން ހިރުވައި ގައި ކެހުމަށް މެދުވެރިވެ ދިލަނަ އެވެ.
ފިރުއައުނުމުދަލަކީ ކަނޑުއަޑީގައި އުޅޭ ހަލުވިދާގަނޑެއްކަހަލަ އެއްޗިއްސަށް ކިޔާނަމެކެވެ. މީގެ ތަފާތު ވައްތަރު ހުންނައިރު އޭގެ ވަކި ތަންކޮޅެއް ގައިގަ ޖެހުމުން ދިލަނަގާގޮތްވާ ކަމަށްވެ އެވެ.
މީގެ ކުރިންވެސް ހުޅުމާލޭ ގޮނޑުދޮށާއި މޫދުން މިވައްތަރުގެ ޖެލީފިޝް ފެންނާތީ ސަމާލުވާން އެންގި އެވެ.
ބެލެވޭ ގޮތުގައި މި ބާވަތް ފަޅުތެރެއަށް ގިނަވަނީީ މޫސުމީ އެއްޗެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް