ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކްލަބް ވެލެންސިއާގެ އެންމެ މޮޅު ސްޓްރައިކަރ އަލީ ފާސިރު (ސެންޓޭ) ގެ އޭ.ސީ.އެލް ސަރޖަރީ ވަނީ ޓްރި ޓޮޕް ހޮސްޕިޓަލުން ފުރިހަމަކޮށްފައެވެ.
އަލީ ފާސިރު ޓްރީ ޓޮޕް ހޮސްޕިޓަލުން އެންތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ފުރިހަމަ ކުރީ ތަޖުރިބާކާރު ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓަންޓް ޑރ. ހުސެން ފައިސަލް ބެލުމުގެ ދަށުންނެވެ.
ޑރ.ހުސެން ފައިސަލް ވަނީ ކަށީގެ ބަލިތަކުގެ ދާއިރާއިން 20 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައެވެ. އޭނާ އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވަނީ ޕާކިސްތާނުގެ ބަގައި މެޑިކަލް ޔުނިވަރސިޓީންނެވެ. އަދި އޯރތޯޕީޑިކްސް އަދި ޓްރޯމާ ސަރޖަރީ އިން އެމް.އެސް ހާސިލްކޮށްފައިވަނީ ނޭޕާލުގެ ޓްރިބުވަން ޔުނިވާރސިޓީ ޓީޗިންގ ހޮސްޕިޓަލުންނެވެ.
ޑރ. ފައިސަލްއަކީ ކަށީގެ އެކި ޕޮރޮސީޖަރތަކަށް ތަޖުރިބާހުރި ހުނަރުވެރި ބޭފުޅެކެވެ. އެގޮތުން ކުޑަކުދިންގެ ކަށީގެ ބަލިތަކަށާއި، އަރތޮރޮސްކޮޕިކް ސަރަޖަރީ އަދި ލިގަމެންޓް ރީކޮންސްޓްރަކްޝަން ފަދަ ޕޮރޮސީޖަރތައް ކުރުމުގެ ތަޖުރިބާ ހޯއްދާފައިވެއެވެ.
ޑރ.ފައިސަލް ހިއްސާކުރެއްވި ގޮތުގައި އޭ.ސީ.އެލް އަކީ ކަކުލުގެ ހުޅު އެބުރުމުގެ ސަބަބުން އާންމުކޮށް އަނިޔާވާ ލިގެމަންޓެއް ކަމަށެވެ.
އޭ.ސީ.އެލް އަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. ކުޅުންތެރިއެއް ވެއްޓުމުގެ ސަބަބުން ކަކުލުގެ ހުޅަށް ކޮންޓްރޯލުން ކެނޑިގެން އެބުރޭއިރު ކަށި ގޮވާއަޑު އިވިގެން ދާނެއެވެ. އަދި 1-2 ހަފްތާ ކަކޫ ހުޅުގައި ރިއްސާ ދުޅަވުން އެކަށީގެންވެއެވެ. އޭސީއެލް އަނިޔާވެފައިވާއިރު އަވަސްފަރުވާއެއް ނުހޯދިއްޖެނަމަ ކަކުލުގެ ހުޅު ބޭނުންކުރުމުގައި އުނދަގޫތަކާއި ކުރިމަތިވެދާނެއެވެ.
"އަލީ ފާސިރުގެ އޭސީއެލް އޮތީވެސް އެގޮތަށް އަނިޔާވެފަ، ހަލާކުވެފައިވާ ލިގަމެންޓް ނެގުމަށްފަހު އޭގެ ބަދަލަށް ޓެންޑަނެއްގެ އެތިކޮޅެއް މި ސަރޖާރީގައި ލައްވާނީ، މި ސަރޖަރީ ފުރިހަމަކުރުމާއި، ރީހެބިލިޓޭޝަން ފުރިހަމަކުރުމަކީ އަލީ ފާސިރު ކުޅުމައިގެން ކުރިއަށް ދިއުމަށް ކުރުން މުހިންމުކަމެއް، އަދި އަޅުގަނޑު އަލީ ފާސިރަށް އަވަސް ޝިފާއެއް އަދި ގައުމީ ފުޓްބޯޅަ ޓީމާއިއެކު ދަނޑުގައި އަވަހަށް ފެނިގެންދާނެ ކަމަށް އުންމީދުކުރަން" ޑރ. ފައިސަލް ހިއްސާކުރިއެވެ.
އަލީ ފާސިރަށް އޭ.ސީ.އެލް އިރައިގެން ގޮސްފައި އޮތްކަން އެންމެ ފުރަތަމަ އެނގުނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ހެދި އެމް.އަރ.އައި ސްކޭނަކުންނެވެ. އަދި ގާތް މީހެއްގެ ލަފާއާއިއެކު ޑރ. ފައިސަލްއަށް ދެއްކިއެވެ. ސަރޖަރީއެއް ކުރަންޖެހޭނެ ކަމުގެ ހަބަރު ލިބުމުން ރާއްޖޭއިން ބޭރަށް ދިއުމަށް ވިސްނި، އެކަމަކު ފަސޭހައިން އެންމެ ފުރިހަމަ ހިދުމަތް ރާއްޖެއިން ލިބެންހުރުމުން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސަރޖަރީ ހެދުމަށް ނިންމިއެވެ.
"އަހަރެންގެ ތަޖުރިބާ ވަރަށް ފުރިހަމަ، އެހީތެރިވެދިން ހުރިހާ ސަޓާފުންނާއި، ނަރުހުން އަދި ޑރ. ފައިސަލް ވެސް ވަރަށް ރަނގަޅު" އަލީ ފާސިރު ހިއްސާކުރިއެވެ.
އަލީ ފާސިރު މިހާރުދަނީ ކުޅުމަށް އަނބުރާ ދިއުމަށްޓަކައި ރިކަވަރީއަށް މައްސަތްކަތް ކުރުމަށެވެ.
ޓްރީ ޓޮޕް ހޮސްޕީޓަލުގެ އޯރތޯޕީޑިކް ސްޕެޝަލިސްޓުންނަކީ ތަޖުރިބާކާރު މާހިރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.
އެގޮތުން މިހާރުވެސް ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް