އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ އިޖުތިމާއީ ފޭރާން އަލުން ރަނގަޅުކޮށް، އެ އަސާސްތައް ކުރިއަށް ނެރެ، އިސްލާމީ ޝަރީއަތުގައި ހިފާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުަމރު ނަސީރު ވިދާޅުވެއްޖެއެވެ.
އިސްލާމީ ޝަރީއަތުގައި ހިފުމަށް” ނަމުގައި ބޭއްވި ކެމްޕޭނުގައި އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް ފަހަރު ދައްކާ ހަޑިހުތުރު ވާހަކަތައް ގޭގޭގެ ސިޓިންގ ރޫމާ ހަމައަށް ފޯރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި، މުޖުތަމައު ތެރޭގައި ބައިބައިވުން އުފެދި، އެތައް ބައެއްގެ އަބުރު ގެއްލިގެން ހިނގައްޖެ ކަމަށެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ރާއްޖެއަށް ސިޔާސީ ޕާޓީތައް އައި ފަހުން ކޮރަޕްޝަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެކަން ހައްދު ނައްޓާފައިވާ ކަމަށެވެ. އަދި އެކަމުގައި ވަކި ޕާޓީއެއް އިސްތިސްނާ ނުވާ ކަމަށާއި އެހެން ދިމާވަނީ އެކަން ކުރަން ފަސް ޖެހޭނެ އަދަބެއް ނެތުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ނޫސްވެރިން ވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލު ކުރަން ވާނެ ކަމަށާއި ފާސިގުން ގެންނަ ޚަބަރެއްގެ ތެދުދޮގު ބަލާފައި ނޫނީ ނޫސްތަކުން ވެސް ރިޕޯޓްކޮށްގެން ނުވާނެ ކަމަށް އުމަރު ނަސީރު ވަނީވިދާޅާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އުމަރު ނަސީރު ވަނީ އިއުލާން ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް