ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން: މިނިސްޓަރ

ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ އޮގަސްޓް އިން...

17 Aug 2022 | 11:54

ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ބައިވެރިވެރިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާ މިނިސްޓަރ ވިދާޅުވީ ވޯލްޑްބޭންކުގެ އެހީގައި މިހާރު އާ ޚިދުމަތްތަކެއް ޕޮލިޓެކްނިކަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އެގޮތުން ލައިބްރަރީގެ ޚިދުމަތަކީ ވެސް އޭގެރެއިން އެއް ޕްރޮޖެކްޓް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތަނުގައި ލެބެއްވެސް ގާއިމް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނަ އަހަރު ބަޖެޓުގައި ލިފްޓެއްވެސް ލާގޮތަށް މިހާރު އަޅުގަނޑުމެން އެކަން ގަސްތުކޮށް ނިންމާފައި ވާނީ. އަޅުގަނޑުމެން މިތަނުގައި އާ ފެސިލިޓީސް ގާއިމް ކުރަން ބޭނުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާ ފެސިލިޓީސް ޕޮލިޓެކްނިކްގައި ގާއިމްކުރެއްވުމަށް ބޭނުންވެލައްވަނީ އެތަނުން ދެވޭ ތައުލީމުގެ ފުރުސަތުތައް ފުޅާވުމަށް ފަހިވުމާއި ތަނުން ހިންގޭ އެކްސެސް މިހާރަށްވުރެ ރަނގަޅުކުރުމާއި އާންމުން ޕޮލިޓެކްނިކާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު މިފެށުނު ސެމިސްޓަރ އަކީ ހުރިހާ ދަރިވަރުން ވެސް ދިރިއުޅުމުގައި ގިރާކުރާނެ އާ ހަރުފަތެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މި ސެމިސްޓަރ އަކީ ދަރިވަރުންގެ ހުނަރާއި އުއްމީދާއި އެކު އިލްމު ހޯދާ ހުނަރު ދަސްކޮށް ހިއްމަތާއިއެކު މަސައްކަތްކޮށް ކާމީޔާބާއި ހަމައަށް ވާސިލުވުމަށްޓަކައި ފަށާ ފެށުމެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޕޮލިޓެކްނިކުން ދަރިވަރުން ކިޔަވައިގެން ނިކުންނައިރު މަސައްކަތުގެ އަޚުލާގު ހުންނަ ގޮތާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި ވަޒީފާއަށް ގޮސް މަސައްކަތުގައި ހޭދަކުރާ ވަގުތާއި ނަތީޖާ ނެރޭ ގޮތާއި ދިރިއުޅުމުގައި މީހާގެ ޑިސިޕްލިން ގެންގުޅޭގޮތް އެއީ ވަރަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕޮލިޓެކްނިކުން ކިޔަވައިގެން ނިކުންނަށް ދަރިވަރުން ޓްވެޓް ނިޒާމަށް އާންމުން ދެކޭގޮތް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އެދިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް