މައްސަލަ ހައްލުކޮށް މުޅި މާލެއަށް އަލުން ކަރަންޓު ދީފި އެވެ.
މާލެ އާއި ހުުމާލޭގެ ބަޔަކުން ކަރަންޓު ދިޔައީ މިއަދު މެންދުރު12:00 ހާއިރު އެވެ. ދިމާވި މައްސަލަ ހައްލުކޮށސް ހުޅުމާލެއަށް ކަރަންޓު ދީފައިވަނީ މެންދުރު1:00 ހާއިރު އެވެ.
ސްޓެލްކޯއިން މައުލޫމާތުދޭގޮތުގައި ކަރަންޓު ކެނޑުނީ ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑް މެދުވެރިކޮށް ހުޅުމާލެއިން، މާލެއަށް ކަރަންޓު ފޯރުކޮށްދެމުންދާ 4 ފީޑަރެއް ނިވިގެން ކަމަށެވެ. މިހާރު އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް މައުލޫމާތުދެ އެވެ.
ސްޓެލްކޯއިން ވަނީ އެއްވެސް ކަސްޓަމަރަކަށް ކަރަންޓު ނުލިބިވާނަމަ، އެ ކުންފުނީގެ 104 ނަންބަރަށް ގުޅުމަށް އެދިފަ އެވެ.
އެ ކުންފުނިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް