ބޮލީވުޑްގައި ފަހުގެ ތާރީހެއްގައި އެންމެ ލޯބި އަދި ހޮޓް ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ދެ ތަރިންނަކީ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ އެވެ.
އެކުގައި އެތައް ފަހަރަކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިސްފައިވާ މި ދެތަރިންގެ ލޯބީގެ ގުޅުމަކީ ކުންޏެއް ޖެހިދާނެ ކަމަށް ބަޔަކު ގަބޫލު ކުރި ކަމެއްނޫނެވެ. ލޯބީގެ ގުޅުމަށް ގާތްގަނޑަކަށް ހަތް ވަރަކަށް އަހަރުވެފައިވާއިރު ދިރިއުޅެމުން ދިޔައީވެސް އެކީގައި ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ގުޅުން މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެކަމަކު ރައްޓެހިވެގެން އުޅުނު އިރުވެސް ގުޅުމާއި މެދު ވާހަކަ ދައްކައި އެއްބަސްވެފައިނުވާ މި ދެތަރިން ރުޅިވިކަން ގިނަ ބަޔަކަށް ނޭނގެ އެވެ.
ދިޝާގެ ގާތް މީހަކު ބުނީ ދެމީހުން ރުޅިވާން ޖެހުނީ ޓައިގާގެ ސަބަބުން ކަމަށެވެ. ޓައިގާގެ ދިރިއުޅުމުގައި މައިންބަފައިންނާއި ދިޝާއަށްވުރެ އޭނާއަށް މުހިންމީ ހަށިގަނޑު ފިޓުކޮށް ބެހެއްޓުމާއި އޭނާ ގިނަ ވަގުތު ހޭދަކުރާ އެކްސައިޒްތައް ކަމަށެވެ.
އެމީހާ ބުނީ ދެމީހުން ރުޅިވީ ދެމީހުން އެއްބަސްވެ ގުޅުން ކުރިޔަށް ގެންދިއުމުގައި އެއްގަލަކަށް ނޭރުމުން ކަމަށެވެ. ދިޝާ ބޭނުންވަނީ ކައިވެނި ކުރާށެވެ. އަދި ޓައިގާ އޭނާއަށް އިތުރު ވަގުތު ދިނުމަށެވެ.
އެކަމަކު ޓައިގާ އަދި ކައިވެނި ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ފިޓްނަސްގައި އޭނާ ހާސިލް ކުރަން ބޭނުންވާ މަގުސަދު ހާސިލް ކުރަން ކަމަށް ބުނި ކަމަށެވެ.
ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަ ނުދެއްކި ނަމަވެސް މި ފަހުން ދިޝާ ވަނީ ވަރަށް އަސަރު ގަދަ ޕޯސްްޓެއް އިންސްޓަގްރާމްގައި ކޮށްފަ އެވެ. އޭގައި ބުނެފައިވަނީ އެއްވެސް މީހަކު ނުބުނި ނަމަވެސް ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށެވެ.
މި ބަސްކޮޅުން އޭނާއަށް ކޮށްފައިވާ އަސަރާއި ކުރަމުންދާ ހިތާމަ އެނގޭ ކަމަށް ދަނީ ބުނަމުންނެވެ.
ދިޝާ އެންމެ ފަހުން ފެނިގެން ދިޔައީ "އޭކް ވިލަން2" ން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް