ރާއްޖެއަށް އެންމެ ރަނގަޅަކީ ރިޔާސީ ނިޒާމައިިގެން ކުރިޔަށް ދިއުން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވަނީ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ނިޒާމު ބަދަލު ކުރަން ގަރާރެއް ހުށަހަޅުއްވާފަ އެވެ.
ސިޔާސީ ފަރާތްތަކުން މި މައްސަލައިގަ ދެކޭގޮތް ހާމަކުރައްވަމުން ދަނިކޮށް މަހުލޫފުވެސް ވިދާޅުވީ އޭނާ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ރިޔާޒީ ނިޒާމުގެ ވިސްނުންފުޅަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މިިވަގުތާއި ހާލަތަށް ބަލާއިރު އެންމެ ރަނގަޅުގޮތަކީ ރިޔާސީ ނިޒާމެއްގައި ކުރިޔަށް ދިއުން ކަމަށް ވިދާޅުވި އެވެ.
https://twitter.com/AhmedMahloof/status/1559824590443929600
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް