މާލޭގެ 4 ފީޑަރެއް ފިޔަވާ ހުރިހާ ފީޑަރެއް މިހާރު ވަނީ އެނަޖައިޒް ކުރެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.
މުޅި މާލެއިންނާއި ހުޅުމާލޭގެ ބަޔަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން ސްޓެލްކޯ އިން ބުނެފައިވަނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މާލެއިން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް