ބްރިޖު ޕްލެޓުފޯމު އިއްޔެ ވިލިމާލޭ ފަރަށް އެރުމުން ގެއްލުން ލިބުނުތޯ ބަލަން ފަށައިފި އެވެ.
އިއްޔެ އެ އުޅަނދު ފަރަށް އެރުމުގެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާރު އިބްރާހިމް ނައީމް ވިދާޅުވީ އެ ޕްލެޓްފޯމް ފަރަށް އަރަން ޖެހުނު ސަބަބު އޮޅުންފިލުވަމުންދާ ކަމަށެވެ. އެގޮތުން ފަރަށް އެރީ އެ ސަރަހައްދަށް އުޅަނދު ކައިރި ކުރީމަތޯ ނުވަތަ އެހެން ގޮތެއް މެދުވެރިވީތޯ އޮޅުން ފިލުވާނެ ކަަމށް ވިދާޅުވި އެވެ.
އެ މައުލޫމާތު ލިބުމުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އެސިސްމެޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
ތިމާވެއްޓާއި ބެހޭ ގާނޫނުގެ ދަށުން ފަރަށް ގެއްލުމެއް ލިބިއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ.
ތިލަމާލޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް