މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ސްޓެލްކޯއިން ދެންމެ ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މުޅި މާލެއިން އަދި ހުޅުމާލޭގެ ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
"މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން." ސްޓެލްކޯއިން ބުނެފައިވެއެވެ.
މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމުގައިވެސް ސްޓެލްކޯއިން ބުނެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް