އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް: އަންހެނުންގެ ލޯންގކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި

އަންހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަޠީފް އައުކޮށްފިއެވެ. އޭނާ މި ރެކޯޑު އައު ކުރީ މިހާރު ކުރިއަށްދާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައެވެ. 18 އ...

17 Aug 2022 | 06:31

އަންހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަޠީފް އައުކޮށްފިއެވެ.

އޭނާ މި ރެކޯޑު އައު ކުރީ މިހާރު ކުރިއަށްދާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައެވެ.

18 އަހަރަށް ފަހު، އޭނާ މިރެކޯރޑް މިރާލް އައުކޮށްފައިވަނީ 01.20.80 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިރާލް ގެ ކުރިން މި ރެކޯޑު އޮތީ 2014 ވަނަ އަހަރު ބޭއްވި 9 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސް (ސާފް ގޭމްސް) ގައި އައިޝަތު ސައުސަން އަތުގައެވެ.

އެފަހަރު ސައުސަން އިވެންޓް ފުރިހަމަކޮށްފައިވަނީ 01.21.81 އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް