ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެއް ގަހަކުން ފަޅާފައިވާ ދެ ނިރު ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
މިހެން ޓޮމް ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް ރައީސް ސޯލިހު އިސްލާސް ކުރެއްވާއި ގުޅިގެންނެވެ. ރައީސް ސޯލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ޓޮމް ކުރެއްވި ޓުވީޓެއްގައި ވަނީ ދައްކަމުން ދަނީ ކޮން ނިޒާމެއް ބަދަލު ކުރާ ވާހަކަތޯ ސުވާލު ކުރައްވާފަ އެވެ. އަދި ނޫ އިގްތިސޯދު ވީތަނެއް އެނގޭތޯ ސުވާލު ކުރައްވާފައިވެ އެވެ.
އެ ޓުވީޓުގައި ޓޮމް ވިދާޅުވީ ރައީސް ސޯލިހާއި ނަޝީދާއި ދެވެރިންނަކީ އެއްގަހަކުން ފަޅާފައިވާ ދެނިރު ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށްވީ ވައުދު ނުފުއްދުނީމައި މަސައްކަތް ކުރަމުން ދަނީ ނިޒާމޭކިޔާފައި ރައްޔިތުން ގޮނބޯ ހައްދަން ކަމަށެވެ.
https://twitter.com/AhmedThaariq/status/1559559800639213568
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް