އެފްވައިއެފްސީ 2022 - ފޯރިގަދަ ސެމީ ފައިނަލުގެ ކުރިމަތިލުންތައް މިރޭ

ފޮނަދޫގައި މިހާރު ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ އޮންނާނެއެވެ. އިއްޔެއާއި ރޭ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެ ނިމިފައިވާއިރު، ސެމީއަށް ދަ...

17 Aug 2022 | 03:56

ފޮނަދޫގައި މިހާރު ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ އޮންނާނެއެވެ.

އިއްޔެއާއި ރޭ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެ ނިމިފައިވާއިރު، ސެމީއަށް ދަތުރުކުރި ޓީމުތައް މިހާރުވަނީ ކަށަވަރުވެފައެވެ.

މުބާރާތުގެ ސެމީއަށް ދަތރުކުރި ހަތަރު ޓީމަކީ ސިކްސް ސެންސް ލާމާއި، ކަންމަތި އެސްީ އާއި ކަންމަތި އެފްސީގެ އިތުރުން ލެކްރޯސް އެސްސީއެވެ.

މި ޜީމުތައް މުބާރާތުގެ ސެމީއަށް ދަތުރުކުރި ގޮތަށް ބަލާއިރު، އިއްޔެ ހަވީރު ކުޅުނު ކުއާޓާގެ ފުރަތަމަ މެޗު އައުޓްރީފް އެސްސީ 1-5 އިން ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސިކްސް ސެންސް ލާމުންނެވެ. އަދި ސެމީގެ ދަވަނަ ޖާގަ ކަށަވަރުކުރީ ކަންމަތި އެސްސީންނެވެ. އެޓީމުން ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު 1-8 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.

ސެމީގެ ތިންވަނަ ޖާގަ ލެކްރޯސް އެސްސީން ހޯދިއިރު، އެޓީމުން ސެމީގެ ޖާގަ ކަށަވަރު ކުރީ ނެވަގިވަޕް އެސްސީ1-3 އިން ބަލިކުރުމަށް ފަހުގައެވެ. އަދި ސެމީގެ ފަހު ޖާގަ ކަށަވަރު ކުރީ ކަންމަތި އެފްސީންނެވެ. އެޓީމުން ސެމީގެ ޖާގަ ކަށަވަރު ކުރީ ރޭ އިސްދޫ ކައުންސިލާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް ދެޓީމުން4-4 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި 3-5 އިން ކުރިހޯދައިގެންނެވެ.

މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސިކްސް ސެންސް ލާމާއި ކަންމަތި އެސްސީއެވެ. މި މެޗު ފަށާނީ މިރޭ 8:30 ގައެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލެކްރޯސް އެސްސީއާއި ކަންމަތި އެފްސީއެވެ. މި މެޗު ފަށާނީ މިރޭ 9:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް