ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް ފަށައިގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވަނީ ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް އެކަމާއި ގުޅޭ ގަރާރެއް ހުށަހަޅުއްވާފަ އެވެ.
މި ކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ގާސިމް ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށެވެ. ގާސިމް ވިދާޅުވީ ރިޔާސީ ނިޒާމުގައި ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެއް ކަމަށެވެ.
އަދި ވިދާޅުވީ ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫން ކަމަށެވެ.
https://twitter.com/qasimibrahim/status/1559616724445433857
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް