ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތަށް އެއްބާރުލުން ނުދެއްވާ ނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރައްވާނީ ދެކޮޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީ ހަރުގެ ތަކުގައި ކުރިޔަށް ގެންދާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވަނ ރާއްޖެއަށް ނިޒާމީ ވޯޓެއް ބޭނުންވާ ސަބަބުތައް ތަފްސީލްކޮށް ދެއްވާފައެވެ. އަދި އެފަދަ ނިޒާމީ ވޯޓަކަށް ފުރުސަތު ނުދެއްވާނަމަ ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނެ ނާކާމިޔާބު އަދަދުތަކުން ހިއްސާ ކުރައްވާފައެވެ.
ތަފްސީލް ދެއްވަމުން ވިދާޅުވީ އިންތިހާބުން42 ޕަސެންޓު ވޯޓު ނަގާނީ2018 އެކޭ އެއްގޮތަށް ޕީޕީއެމްއިން ކަމަށާއި އަދިވެސް އެ އަދަދަށް ބަދަލެއް ނާންނަކަން އެމީހުންނާއި އެމްޑީޕީ އެއްގަލަކަށް ނާރާ މަންޒަރުން އެނގޭނެ ކަމަށެވެ.12 ޕަސެންޓު ވޯތަކީ ޖުމްހޫރީ ޕާޓީއަށް ލިބޭނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ7،000 ވޯޓު އަދާލަތު ޕާޓީ އާއި އެމްއާރުއެމްއަށް ދާނެ ކަމަށެވެ. ދެން ބާކީ ހުރި112000 ވޯޓަކީ އެމްޑީޕީގެ ވޯޓު ކަމަށް ވިޔަސް ރައީސް ސޯލިހާއި ދެކޮޅަށް އޭގެ ތެރެއިން42 ޕަސެންޓު މީހުން ނުކުންނާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނަމަ ލިބިވަޑައިގެންނަވާނީ ވޯޓުގެ27 ޕަސެންޓެވެ. ނިޒާމީ އޮނިގަނޑަށް ބަދަލެއް ގެންނަން ސަރުކާރުން ދެކޮޅު ހެދިނަމަވެސް އެއީ ވިޔަ އަކުރުން، ހިސާބުން ފެންނަން އޮތް ވަރަށް ބޮޑު ހަގީގަތެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެހެންކަމުން އެހައި ގަދަބަސް ބުނުއްވާފައި ވަޑައިގަންނަވާކަށް ނުވާނެ ކަމަށެވެ. ބުއްދަވެރިކަމާއިއެކު މަސައްކަތް ނުކޮށްފިނަމަ މިސްރާބު ހުރީ ހަރާބުގެ މަގަށް ކަމަށާއި އެމަނކުފާނު ދެކެވަޑައިގެންނަވާގޮތުގައި އެމްޑީޕީ މެންބަރުންނަކީ ބުއްދަވެރި ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް