އެފްވައިއެފްސީ 2022 - ކަންމަތި އެސްސީ އާއި ލެކްރޯސް އެސްސީ އަދި ކަންމަތި އެފްސީ ސެމީއަށް

ފޮނަދޫގައި މިހާރު ކުރިޔަށް ދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" މުބާރާތުގެ ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގެ އެންމެ ފަހު ތިން މެޗު ރޭ ކުޅެފައިވާއިރު، ރޭގެ...

16 Aug 2022 | 21:49

ފޮނަދޫގައި މިހާރު ކުރިޔަށް ދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" މުބާރާތުގެ ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ އެންމެ ފަހު ތިން މެޗު ރޭ ކުޅެފައިވާއިރު، ރޭގެ މެޗުތަކުން މޮޅުވެގެން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ކަންމަތި އެސްސީއާއި ލެކްރޯސް އެސްސީ އަދި ކަންމަތި އެފްސީއެވެ.

ރޭގައި ކުޅެވުނު ސެމީގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗު ކަންމަތި އެސްސީން ކާމިޔާބު ކުރީ ޑީކޭއެންޒެޑާއި ވާދަކޮށް 1-8 ގެ ނަތީޖާއިންނެވެ. އަދި ރޭގެ ދެވަނަ މެޗު ނެވަގިވަޕް އެސީއާއި ވާދަކޮށް ލެކްރޯސް އެސްސީން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ. އަދިރޭ ގެ ފަހު މެޗުގައި ކަންމަތި އެފްސީއާއި އިސްދޫ ކައުންސިލް ވާދަކުރި މެޗު ޕެނަލްޓީގައި 3-5 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށް ސެމީއިން ފުރުސަތު ހޯދާފައި ވަނީ ކަންމަތި އެފްސީންނެވެ.

ރޭ ކުޅެވުނު މެޗުތަކާއި އެކު ކުއާޓާ ފައިނަލުގެ ބުރު ނިމުނުއިރު، ސެމީއަށް ދަތަުރު ކޮށްފައިވާ ހަތަރު ޓީމަކީ،

ސިކްސް ސެންސް ލާމު

ކަންމަތި އެސްސީ

ކަންމަތި އެފްސީ

ލެކްރޯސް އެސްސީ

މުބާރާތުގެ ސެމީގެ މެޗުތައް ކުޅޭނީ މިރޭގަ އެވެ. މިރޭ 8:30 ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސިކްސް ސެންސް ލާމާއި ކަންމަތި އެސްސީއެވެ. އަދި ސެމީގެ ދެވަނަ މެޗު ބައްދަލުކުރާނީ ލެކްރޯސް އެސްސީއާއި ކަންމަތި އެފްސީއެވެ. މި މެޗު ކުޅޭނީ މިރޭ 9:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް