ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ މިއަދު އިރުއޮއްސުނު ފަހުންނެވެ. ތިމަރަފުށިން ރައީސް ސޯލިހަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
މިރޭ އެމަނިކުފާނު ވަނީ އެ ރަށު ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކާއި ރަށަށް ދިމާވެފައިވާ މައްސަލަތަކުގެ ތަފްސީލް ރައީސްއަށް އަރުވާފަ އެވެ.
އޭގެ ފަހުގައި ރައީސް ސޯލި މިރޭ ވަނީ ދަނޑުވެރިންނާއި، މަސްވެރިންނާއި، ވިޔަފާރިވެރިންނާއި ކުދި ވިޔަފާރި ކުރުމުގައި އެ ރަށުގައި ހަރަކާތްތެރިވާ މީހުންނާއި ބައްދަލު ކުރައްވާފައި އެވެ.
https://twitter.com/presidencymv/status/1427682116918136833
https://twitter.com/presidencymv/status/1427665439941795841
ރައީސް ސޯލިހު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ތިމަރަފުށީގެ އިތުރުން ހަ ރަށަކަށް ވަޑައިގެންނަވާނެ އެވެ. އެއީ ގާދިއްފުށި، ވަންދޫ، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ އަދި ކަނޑޫދޫއަށް ވަޑައިގެންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް