އުސޫލުތަކާ ހިލާފަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރާކަމުގެ ޝަކުވާ ބޮޑުވެ އިންސްޕެކްޝަނެއް ކުރިއަށްގެންދަން ނިންމައިފި

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް ފަތުރުވެރިން ރާއްޖޭގެ ރިސޯޓުތަކުގައްޔާއި ރަށްރަށުގައި ޗުއްޓީ ހޭދަކުރަމުން އަންނަ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިންސްޕެކްޝަނެއް ކުރިއަށްގެންދ...

17 Aug 2021 | 14:46

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް ފަތުރުވެރިން ރާއްޖޭގެ ރިސޯޓުތަކުގައްޔާއި ރަށްރަށުގައި ޗުއްޓީ ހޭދަކުރަމުން އަންނަ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިންސްޕެކްޝަނެއް ކުރިއަށްގެންދިއުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެޗްޕީއޭއިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ، އަދި އުސޫލުތައް ގާއިމުކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ހިލާފުވާފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި 18 އޮގަސްޓް 2021 (މާދަމާ) އިން ފެށިގެން އިންސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާކަމަށެެވެ.

އެޗްޕީއޭއިން ކުރިން ހާމަކޮށްފައިވާގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިން 26 ޖުލައި 2021 އިން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ WHO އިން އިމަޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުުރުކުރާ ތާރީހަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށާއި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓްހައުސްތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ 60% އަށް މަތިވެފައިވާނަމައެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވާގޮތުގައި މި އިންސްޕެކްޝަން ކުރިއަށްގެންދާނީ މޯލްޑިވްސް އިމިގްރޭޝަނާއި ފުލުުހުންނާއި އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި އެލްޖީއޭގެ އިތުރުން އެޗްޕީއޭ ގުޅިގެންނެވެ. މި އިންސްޕެކްޝަން މާލެއާއި މީހުން ދިިރިއުޅޭ ރަށްރަށުގައިވެސް ކުރިއަށްގެންދެވޭނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް