ސިހުރުން ސަލާމަތްވާނެ ގޮތާއި މެދު އާންމުން ހޭލުންތެރިކުރުމަށް ނ. ވެލިދޫގައި ދެ ދުވަހުގެ ހޭލުންތެރިކަމުގެ ޕްރޮގުރާމެއް ހިންގުމަށް ނިންމައިފި އެވެ.
އެރަށު ފިއުޗަރ ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގުރާމު އޮންނާނީ މި އޯގަސްޓް 19 އަދި 20 ދުވަހު އެވެ.
މި ޕްރޮގުރާމްގައި ސިހުރުން ސަލާމަތް ވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމާއި ޝަރުއީ ރުޤުޔާއާ ގުޅުން ހުރި މަޢުލޫމާތު ދިނުމަށް ވަނީ ނިންމާފަ އެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އޮތީ އާންމުންނަށް ހުޅުވާލާފަ އެވެ.
މި ޕްރޮގުރާމްގައި ބައިވެރިވުމަށް ތިރީގައިވާ ޕޯސްޓްގައި ހިމެނޭ ގޫގުލް ފޯމް ފުރުއްވާށެވެ. ނުވަތަ 7703666 އަށް ގުޅުއްވާށެވެ.
މި ޕްރޮގްރާމު އިންތިޒާމްކުރާ ފަރާތުން ދުވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ޕްރޮގުރާމްގެ މަގުސަދަކީ ސިހުރު ފަންޑިތަ ޖެހިފައިވާ މީހާ، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އެހީގައި ސަލާމަތްވާނެ ގޮތް ދަސްކޮށްދިނުން ކަމަށެވެ.
ކީރިތި ގުރުއާނުގައި ސިހުރުގެ ވާހަކަ ވަނީ ބަޔާން ކޮށްފަ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫ އެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް