ކައިވެނި ކުރުމަށް ފަހު އަނބިމީހާ ބެހެލެއްޓުން ޙަވާލުކުރައްވާފައިވަނީ ފިރިމީހާއާއެވެ. ފިރިމީހާއަށް އަނބިމީހާ ރަނގަޅުގޮތުގައި ބެލެހެއްޓޭނީ އަނބިމީހާ ފުރިހަމައަށް ފިރިމީހާއަށް ކިޔަމަންގަނެގެންނެވެ.
(الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ الله بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ)
މާނައަކީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ”.
އަނބިމީހާއަށް ފިރިމީހާއަށް ކިޔަމަންގަތުން ވަނީ ހެޔޮ ކަންކަމުގައެވެ. ނަމަވެސް އުރެދުމެއްވާ ކަމެއްގައި ފިރިމީހާއަށް ކިޔަމަންގަތުމެއް ނުވެއެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިނުވުމަކީ ބޮޑު ފާފައެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِأَحَدٍ لَأَمَرْتُ النِّسَاءَ أَنْ يَسْجُدْنَ لِأَزْوَاجِهِنَّ؛ لَمَا جَعَلَ الله لَـهُمْ عَلَيْهِنَّ مِنَ الْـحَقِّ.- رواه أبو داود وصححه الحاكم ، ووافقه الذهبي ، وصححه الألباني في ” صحيح أبي داود ” .
“އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރުމަށް ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނބަލުންގެ ފިރީންނަށް ސަޖިދަކުރުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ. އެއީ ފިރީންނަށްޓަކައި އެކަނބަލުންގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ.”
ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޝާފިޢު.އެމްވީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް