ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން ފަށައިފި

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކުލަވާލަންޖެހޭ ޓެރަރިޒަމާއި ގުޅޭ އިންޓެލިޖެންސް ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅު...

17 Aug 2021 | 09:18

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކުލަވާލަންޖެހޭ ޓެރަރިޒަމާއި ގުޅޭ އިންޓެލިޖެންސް ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަން ހާމަ ކުރެއްވީ ކުރެއްވި ޓުވީޓެއްގައި އެވެ.

އިމްރާން ވިދާޅުވީ އޮނިގަނޑު އެކުލަވާލައި އެ މައުލޫމާތު ހިއްސާ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފެށިގެން ދިޔައީ ގާނޫނުގައި ބަޔާން ކުރާ އިންޓެލިޖެންސް އިދާރާތަކުގެ އެހީތެރިކަމާއި އެކު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ފާނޫނުގެ3-19 ވަނަ މާއްދާގެ ހ. ގެ ދަށުން ކަމަށެވެ.

https://twitter.com/ShimranAb/status/1427541143013629954

މިނިސްޓަރު ވިދާޅުވީ މިނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ޤާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަންޖޭހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް