ނާޒިމް ވިދާޅުވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށް!

ދުވަހަކުވެސް ބަޣާވާތެއް ކުރައްވާފައި ނޯންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ ...

17 Aug 2021 | 09:04

ދުވަހަކުވެސް ބަޣާވާތެއް ކުރައްވާފައި ނޯންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަމުންނެވެ. ދައުރުގެ މެދުތެރެއިން އޭރުގެ ރައީސް ނަޝީދު އިސްތިއުފާދެއްވި ދެއްވުމާއި އެ ދުވަހު ކަން ހިންގާ ދިޔަ ގޮތަށް އިޝާރަަތްކުރައްވ ޕްރެޒެންޓަރު ސުވާލުކުރުމުން ނާޒިމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށާއި އަދި ބަޣާވާތެއް ނުކުރައްވާކަމަށެވެ.

ނާޒިމް ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު، އެބޭފުޅާ ކުރެއްވީ ޤައުމީ މަސައްކަތެއް ކަމަށާއި ރައީސް ނަޝީދާ އެދުވަހު ދިމާނުވާ ކަމަށެވެ.

ޙަޔާތުގެ ބޮޑުބައި ހޭދަކުރީ ސިފައިންގެ ޚިދުމަތުގައި ކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ ޤައުމެއްގެ ފުލުހުންނާއި ސިފައިން ކުރިމަތިލުމެއް ހިނގާތަން ބެލުމަކީ ކެތްވާނެ ކަމެއްނޫން ކަމަށެވެ، ވިދާޅުވީ އެ ވަގުތު ވެސް ކުރެއްވީ ގައުމީ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ހުރިހާ ޕާޓީތަކާއި، ބައިނަލްއަޤުވާމީ ކޮމިއުނިޓީ އެއްބަސްވެގެން އެކުލަވައިލި ކޯނީ ރިޕޯޓުގައިވެސް އެބޭފުޅާ ބަޣާވާތްކުރިނަމަ އެކަން ލިޔެފައި އޮންނާނެ ކަމަށެވެ. ނަމަވެސް އެރިޕޯޓުގައިވެސް އެފަދަ ވާހަކައެއް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރެއްގެ ނިމުން އަންނަނީ ވެެރިމީހާގެ ކިބައިގައި ޤާބިލިއްޔަތުކަމެއް ނެތުމުން ކަމަށާއި، އެދުވަހު ސްޕީކަރުން ނާޒިމް ދެއްވީ ރައްޔިތުން ދޭން ބޭނުންވި މެސެޖް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް