ޔާމީން ރަޝީދުގެ ވާރިސުންގެ ބަސް ނެގުން އޮކްޓޯބަރު މަހު

އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތުގައި ދިފާއީ ހެކިންގެ ހެކި ބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ފަށަން ނިންމައި، އަންނަ އޮކްޓޯބަރު މަހުގައި ޔާމީންގެ ވާރިސުނ...

17 Aug 2021 | 08:46

އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތުގައި ދިފާއީ ހެކިންގެ ހެކި ބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ފަށަން ނިންމައި، އަންނަ އޮކްޓޯބަރު މަހުގައި ޔާމީންގެ ވާރިސުންގެ ބަސް ނަގާ ގޮތަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ޔާމީން މަރާލީ2017 ވަނަ އަހަރުގެ އޭޕްރިލް123 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާގެންނެވެ.

އޭނާ މަރާލި ސަބަބެއް ސާފު ނުވާއިރު ޔާމީނަކީ ގެއްލުވާލާފައިވާ މިނިވަން ނޫނުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ވަރަށް ގިނަ ކަންކަން ދަންނަ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ އެވެ.

އޭނާ މަރާލީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އިސްވެގެން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ހާމަކުރައްވައެވެ.

ޔާމީން މަރާލި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ 6 މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ މ.އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މަސްތަކަކަށް ފަހު އަނެއްކާ ވެސް މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވިއިރު މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައްސަލަ ދެން ގެންދާނެ ގޮތުގެ ތާވަލު ހާމަ ކުރުމާއި، އިސްމާއީލް ރަޝީދުގެ ބަންދު މުރާޖައާ ކޮށްދިނުމަށް އެދި އޭނާ ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް