ފްލެޓުތަކަށް ސާމާނު އަރުވަން ވިންޗު ހަރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ހިޔާ ޔޫނިއަންއިން ގޮވާލައިފި

ވިންޗު ހަރުކޮށްގެން ހިޔާ ފްލެޓުތަކަށް ސާމާނު އެރުވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހިޔާ ޔޫނިއަންއިން ގޮވާލައިފި އެވެ. ފްލެޓުތަކަށް ދާއިމީ ކަރަންޓ...

17 Aug 2021 | 08:08

ވިންޗު ހަރުކޮށްގެން ހިޔާ ފްލެޓުތަކަށް ސާމާނު އެރުވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހިޔާ ޔޫނިއަންއިން ގޮވާލައިފި އެވެ.

ފްލެޓުތަކަށް ދާއިމީ ކަރަންޓު ދޫކުރަން މިއަދު ފަށައި ފްލެޓުތަކަށް ސާމާނު އެރުވުމުގެ ހުއްދަ އެޗްޑީސީން މިއަދު ވަނީ ދީފަ އެވެ. އެޗްޑީސީން ބުނީ ތަކެތި އަރުވަން ހަމަޖައްސާފައިވަނީ ކޮންމެ ޓަވަރެއްގައި އެކަމަށް ހާއްސަ ކޮށްފައިވާ ލިފްޓުތަކުން ކަމަށެވެ.

ހިޔާ ޔޫނިއަންއިން ނެރުނު ބަޔާނެއްގައި ބުނީ ލިފްޓުތަކުން ފްލެޓުތަކަކުގެ ފިނިޝިންއަށް ބޭނުންވާ ބަރު ސާމާނުތައް އަރުވާ ނަމަ ވަރަށް އަވަހަށް ލިފްޓުތައް ހަލާޚުވާނެ ކަމަށެވެ. އެ ޔޫނިއަންއިން ލަފާ ކުރާ ގޮތުގައި ނުވަ މަހާއި 12 މަހާއި ދެމެދުގެ މުއްދަތެއް ފިނިޝިންއަށް ހޭދަ ވާނެ އެވެ.

އެހެން ކަމުން މީހުން ދިރިއުޅެން ފަށަން ވާއިރު އޮންނާނީ ލިފްޓުތައް މަރާމާތު ކުރަން ފަށަން ޖެހިފަ ކަމަށް ޔޫނިއަންއިން ބުންޏެވެ. އެ މައްސަލައިގަ އެ ޔޫނިއަންއިން އެޗްޑީސީގެ އިންޖިނިއަރިން ޓީމާއި، ރާއްޖޭގައި މަސައްކަތް ކުރާ ލިފްޓު ހަރުކުރާ ބައެއް ކުންފުނިތަކާއި ބައްދަލު ކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

އެ ބައްދަލުވުންތަކުގައި ލިބުނު ޓެކްނިކަލް ލަފާ އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޔޫނިއަންއިން ބުންޏެވެ.

ޔޫނިއަންއިން ބުނީ އެފަދަ ސާމާނުތައް އަރުވަން ލިފްޓު ބޭނުން ކުރުމުގެ ބަދަލުގައި ވިންޗު ހަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެކަމަށް އޮތް ހައްލު ކަމަށެވެ. އަދި އެކަން ހުރިހާ ފްލެޓުތަކަށް ހަމަހަމަވާނެ ގޮތަށް އިންތިޒާމް ކޮށްދިނުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް