ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފަށް ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުމާ ދެކޮޅަށް އޭނާ ނިކުމެވަޑައިގެންފިއެވެ.
އެ އިންތިޚާބަށް މަހްލޫފް ކުރިމަތިލެއްވީ މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމު ހޯއްދެވުމަށެވެ. މެދު އުތުރު ޕްރޮވިންސް އަކީ ކ، އއ، އދ، އަދި ވ. އަތޮޅު ތަމްސީލް ކުރައްވާ ގޮނޑިއެވެ.
އިމްތިޚާބުގައި ވާދަކުރެއްވުމަށް މަހްލޫފްގެ ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި އެމްޑީޕީން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތް ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްޑީޕީއަށް އަންގާފައި ވާތީއެވެ.
އެ ނިންމުމާއި ދެކޮޅަށް ނިކުމެވަޑައިގެން މިއަދު މަހުލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށާާއި މަޖިލިސް މެމްބަރުކަމަށް އަދި ކައުންސިލް އިންތިހާބަށްވެސް ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިހާބުގަ ވާދަ ނުކުރެވުނީމަ އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
އޭނަ ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ ކަމަށާއި ހައްގު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"އެ ނިންމުމަކީ އެމްޑީޕީން އިން އަބަދު ވަކާލާތުކުރި، އިންތިހާބުތަކުގަ ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް އެމްޑީޕީގެ ރައީސް، ނައިބު ރައީސް ،ޗެއަޕާސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތުހަމަވޭ" ވިދާޅުވިއެވެ.
މަހުލޫފް އެކަން ސިފަކުރެއްވީ ސިޔާސީ ކަމެއްގެ ގޮތުގައެވެ.
އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއްވެ އަދި މިހާރުވެސް ސަރުކާރުގައި ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާ އިރު، ވެގެން އުޅޭގޮތް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް